Ads by
ޚަބަރު
ފަލަސްތީނުގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ރައީސް ޞާލިހު ކުށްވެރި ކުރައްވައިފި
ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށް އަނިޔާވެރި ޔަހޫދީން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކުށްވެރިކުރައްވައިފިއެވެ.

Ads by Eki Online

ރައީސް ޞާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

ހޮސްޕިޓަލްތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހަމަލާ ދީ ހެދުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފުވުމެއް.

ރައީސް ޞާލިހް ވިދާޅުވެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ.

އަދި އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި މީގެ އިތުރުން 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *