Ads by
ޚަބަރު
އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި އޮތުމުން އެ މައްސަލައިގައި ޖަވާބުދާރިވުމަށް ނަޝިދަށް 30 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

Ads by Eki Online

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގެ ބަހުސްއަށް ޖުމުލަ ދެ ގަޑިއިރު ދީގެންނެވެ. އަދި އެ މައްސަލަ ރައްދުވާ ފަރާތްކަމަށްވާ ރައީސް ނަޝީދަށް މައްސަލައިގައި ޖަވާބުދާރީ ވުމަށް ބަހުސްގެ ފެށުމުން، މެދުތެރެއިން އަދި ނިމުމުން 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މި ހުށަހެޅުއްވުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 6 މެންބަރުންގެ ތެރެއިން 4 މެންބަރުންގެ ތާއީދާއެކުއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރީ މި މަހުގެ 8 ގައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ 48 މެންބަރުންގެ ސޮޔާއި އެކުގައެވެ.

މިއީ މި އަހަރުތެރޭގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި 2ވަނަ ފަހަރެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *