Ads by
ޚަބަރު
އެސްޓީއޯ ގްރޫޕުން ފަަލަސްތީނަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި
ފޮޓޯ: އެސްޓީއޯ

ފަލަސްތީނަށް އެހީވުމަށް ދިވެހިރާއްޖެއިން ހިންގާ ކެމްޕެއިނަށް އެސްޓީއޯ ގްރޫޕުން 1 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

Ads by Eki Online

އެސްޓީއޯއިން ބުނީ ދިވެހިރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބި ބައެއް ކަމަށާއި އިޒްރޭލުން މިހާރު ހިންގަމުންދާ އުދުވާނާއި ގުޅިގެން ވެސް ދިވެހިން ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެސްޓީއޯއިން ވަނީ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން އެ ރައްޔިތުންނާއެކު ތިބިކަން ޔަގީންކަށް އަރުވާ ކަމަށް ހާމަކޮށްފައެވެ.

އެސްޓީއޯ ގްރޫޕުން މި އެހީ ހަދިޔާކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން ފަލަސްތީނަށް އެހީވުމަށް ހުޅުވާލައިފައިވާ ފަންޑަށެވެ. މިއީ މިހާރު ކުރިއަށް ގެންދާ ޓެލެތޯނުގައި އެއް ބައެއްގެ ފަރާތުން ލިބުނު އެންމެ ބޮޑު އެހީވެސްމެއެވެ.

މި ފައިސާގެ އެހީއަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި މީޑިއާތަކުން ވަނީ އެސްޓީއޯއަށާއި ގުޅިފައިވާ ކުންފުނިތަކަށް ޝުކުރުއަދާ ކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *