Ads by
ޚަބަރު
ފާރިސް މައުމޫނު ރައްޔިތުންގެ މަޖިލިހަށް ވާދަ ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

Ads by Eki Online

މަޖިލިހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާކަން ފާރިސް ހާމަކުރައްވާފައި ވަނީ ރޭ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ފާރިސް ވިދާޅުވެގައި ވަނީ، މަޖިލީހަށް ކުރިމަތިލައްވަން ގަސްދު ކުރެއްވީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން ކަމަށެވެ.

އެހެންކަމަށް ވުމާއެކު، ފާރިސް ވަނީ އެދާއިރާގެ ރައްޔިތުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ފާރިސް މައުމޫން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ފާރިސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާފައި އެވެ. ރިޔާސީ އިންތިިހާބުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،979 ވޯޓެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލި މީހުންގެ 1.35 އިންސައްތަ ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *