Ads by
ޚަބަރު
ވަރިވާން ކޯޓަށް ދިޔަ އަންހެންމީހާއަށް މެސެޖު ކުރި، ގާޒީއަށް ޖަވާބުދާރީވާން ފުރުސަތު ދޭނީ

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލާގައި އަލީ އާދަމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

Ads by Eki Online

ޖޭއެސްސީން ހުށައެޅި އެ މައްސަލަ ބަލަމުންދަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ.

މިއަދު އޮތް އެ ކޮމެޓީގެ ބައްދަލްވުމުގައި މައްސަލައާއި ގުޅިގެން ގާޒީ އަލީ އާދަމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އެކަމަށް ހުށައެޅީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ. އެ ހުށައެޅުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ތާއީދުކޮށް ކޮމެޓީގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާތީއެވެ. އެހެންވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން ނިންމީ މިދިޔަ ޖުލައި 23 ވަނަ ދުވަހުއެވެ.

އެ މައްސަލައާއި ގުޅިގެން މި އަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށްވެސް އަލީ އާދަމަށް އަންގައި ސަސްޕެންޑް ކުރިއެވެ. އޭނާ މިހާރުވެސް ހުރީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

އޭނާ މަގާމުން ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައި، މަޖިލިސް ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *