Ads by
ޚަބަރު
އަންނަ މަހުގެ މެދަކާއި ހަމައިން ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބަ އޮތް: ފިރްޒުލް

ސިއްހީ ސާމާނުގެ ސްޓޮކް މި އަހަރުގެ މިހާތަނަށް ހެލްތު މިނިސްޓްރީން އާކޮށްފައި ނުވާތީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތަކާއި އެ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރްޒުލް ވިދާޅުވީ ކޮންމެ އަހަރަކު ދެ ފަހަރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޕީއޯ ރެއިޒް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިޒް ނުވަތަ އޯޑަރުކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާލަތު މިހެން ދިގުދެމިގެންގޮސްފިކަމުގައިވާ ނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު، ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނައިރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ދެމުން އަންނަ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާކަމެއް.

ފިރްޒުލް ވިދާޅުވިއެވެ.

ފިރްޒުލް ވިދާޅުވީ މި ހިދުމަތްތަކުގެ ތެރޭގައި ލެބޯޓަރީތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވެސް ހިމެނޭ ކަމަށެވެ.

ފިރްޒުލް ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ދޭ ހިދުމަތްތައް މިހާރު މެނޭޖް ކުރަމުންދަނީ އިމަޖެންސީ ސްޓޮކްގެ ބޭނުން ހިފައިގެން ކަމަށެވެ. މި އޯޑަރުތައް ނުކުރެވިގެން އުޅެނީ ބަޖެޓުގެ ތެރެއިން ހަމަޖެހެން ޖެހޭ ފައިސާ ހަމަނުޖެހި ހުރުމުގެ ސަބަބުން ކަމަށް ވެސް ފިރްޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ އައިޖީއެމްއެޗަށް މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ހަމަޖައްސައިދީފައި ނުވާކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ މަރާމާތާއި އެހެން ބައެއް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގައި ބައެއް ހާއްސަ ފަރުވާދޭ ސެންޓަރުތައް އެބަހުރި. އެ ސެންޓަރުތަކަކީ ބައެއް ފަހަރު ބޭރުގެ ކުންފުނިތަކާ ގުޅިގެން، ހިންގާ ތަންތަން. އެގޮތުން ހިތުގެ ބަލީގެ ސެންޓަރާއި ނާރުގެ ސެންޓަރު ހިމެނޭ. މި ދެ ސެންޓަރަށް ހިދުމަތްދެމުން އަންނަ ކުންފުންޏަށް އައުޓްސޭންޑިން ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން ފާހަގަކުރަން

ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، މިހާރު އޮންނަ ގޮތުން މައި ހޮސްޕިޓަލްތައް ހިންގަނީ ވަކި ބޯޑަކުން ކަމަށާއި އެކަން އެގޮތަށް އޮތުމުން ހެލްތު މިނިސްޓްރީއަށް އެ ހޮސްޕިޓަލްތަކުގެ ބާރު ހަނިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް މައުލޫމާތުތައް ހޯދުމަށް ވެސް ދަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *