Ads by
ޚަބަރު
އެއާޕޯޓުން ފެނުނީ ޓްރާންސިޓަށް އައި ޖަޕާނު ސިފައިން

ސޯޝަލް މީޑިއާގައި ޗައިނާ ސިފައިންތަކެއް ރާއްޖެއަށް އައިސްފިކަމަށް ބުނެ ފަތުރާ ވީޑިއޯއިން ފެންނަ ސިފައިންނަކީ ޓްރާންސިޓަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Eki Online

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރު ސަރަހައްދުގައި އެ ސިފައިން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެއީ ރާއްޖެއަށް އައި ޗައިނާ ސިފައިންތަކެއްކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން އަންނަނީ ފަތުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އައި ޖަޕާނުގެ އަސްކަރިއްޔާގެ ބައެއް ކަމަށެވެ. އެއީ ރާއްޖޭގައި ހިންގާ އެއްވެސް ތަމްރީނަކަށް އައި ބައެއް ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ވީޑިއޯއިން ފެންނަ ޖަޕާނު ސިފައިންނަކީ ދަތުރެއްގައި ޓްރާންސިޓުވުމަށް ރާއްޖޭގައި މަޑުކުރި ބައެކެވެ.

ރިޔާސީ އިންތިޚާބުގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ވައުދަކީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމެވެ.

އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ގާއިމުވެގެން އެއްވެސް ސިފައެއްގައި ތިބުމަކީ ދިވެހިން ބޭނުންވާ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އިންޑިއާ ނޫން އެހެން ގައުމެއްގެ ސިފައިންވެސް ރާއްޖޭގައި ތިބުމަށް ފުރުސަތު ނުދެއްވާނެކަމަށް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *