Ads by
ޚަބަރު
24 ގަޑިއިރު ތެރޭގައި ބުރިޖުގައި ގަވައިދާ ހިލާފަށް ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވައިފި

ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވި އަދި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރި 120 މީހަކަށް ފުލުހުން ނަސޭހަތުގެ މެސެޖު ފޮނުވައިފިއެވެ.

Ads by Eki Online

ފުލުހުން ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން މިއަދު ހެނދުނު 7:30 އާ ހަމައަށް ސިނަމާލެ ބްރިޖުގައި މަތީން ގަވައިދާ ހިލާފަށް ދުއްވި 120 މީހަކަށް މެސެޖު ފޮނުވައި ނަސޭހަތް ދީފައިވާނެ ކަމަށެވެ. މިމެސެޖު ފުލުހުން ފޮނުވަނީ އުޅަނދުގެ ވެރިފަރާތުގެ ފޯނު ނަންބަރަށެވެ.

ފުލުހުން ބުނެފައިވަނީ މި މެސެޖުގައި ދުއްވި ގަޑިއާއި ތާރީހު އެގޭނެހެން، ގަވާއިދާއި ހިލާފްވެފައިވާކަން ބަޔާން ކޮށްފައިވާނެ ކަމަށެވެ. މިގޮތުން ފުލުހުން އުޅަނދުގެ ވެރިފަރާތަށް ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ހިމަނާފައި ނުވާނެކަންވެސް ފުލުހުން ވަނީ ބުނެފައެވެ.

ބުރިޖުގައި ދުއްވާ އުޅަނދުތައް ފުލުހުން ދެނެގަންނަނީ ބުރިޖުގައި ހަރުކޮށްފައިވާ ކެމެރާތައް މެދުވެރިކޮށެވެ. މިއީ ބުރިޖުގެ ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކާ ބޭނުންކުރެވޭ ވަސީލަތެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސިނަމާލެ ބުރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑު ލިމިޓަށް ވުރެއް ބާރައް ދުއްވުމާއި، ގަވާއިދާ ހިލާފަށް ލޭން ބަދަލު ކުރުމާއި އަދި މިނޫނަސް މަނާ އެތައް ކަމެއް ކުރަމުން ދުއްވުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *