Ads by
ކުޅިވަރު
2024 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގެ ހުރިހާ ރަށަކަށް ފުރުސަތު ހުޅުވައިލައިގެން ކުޅެވޭ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވަން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖަނަރަވީ މަހުގައެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށްވެސް އާންމުކޮށް މިއަދު އިއުލާންކޮށްފިއެވެ. އަދި ބައިވެރިވުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

އަންނަ އަހަރުގެ މުބާރާތުގެ ޒޯންތައް

  • ޒޯން 1: ހއ އަތޮޅު، ހދ އަތޮޅު
  • ޒޯން 2: ށ އަތޮޅު، ނ އަތޮޅު، ރ އަތޮޅު
  • ޒޯން 3: ބ އަތޮޅު، ޅ އަތޮޅު، ކ އަތޮޅު
  • ޒޯން 4: އއ އަތޮޅު، އދ އަތޮޅު، ވ އަތޮޅު
  • ޒޯން 5: މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • ޒޯން 6: ތ އަތޮޅު، ލ އަތޮޅު
  • ޒޯން 7: ގދ އަތޮޅު، ގއ އަތޮޅު ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ
  • ޒޯން 8: މާލެ

އަންނަ އަހަރުގެ މުބާރާތަށް ގެނައި ބަދަލާއެކު މުބާރާތް އިތުރަށް ފޯރިގަދަ ވެގެންދާނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 102 ޓީމަކުން ބައިވެރިވެ 250 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ގދ. ވާދޫއާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރީ ލ. ގަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *