Ads by
ޚަބަރު
2,600 އަށް ވުރެ ގިނަ މީހުން ޣައްޒާ އިން ޝަހީދުވެއްޖެ

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި 2,600 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.

Ads by Eki Online

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، އިސްރާއީލްގެ ވައިގެ މަގުން ދިން ހަމަލާތަކުގައި 2،670 މީހުން ވަނީ ޝަހީދުވެފައެވެ.

އަދި 9،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔަގެ ވަގުތެއްގައި އިސްރާއީލުގެ ސިފައިންވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.2 މިލިއަން އާންމުން 24 ގަޑިއިރުގެ ތެރޭގައި އެޤައުމުގެ ދެކުނުން ބަދަލުކުރުމަށްވެސް އަންގާފައެވެ. އެއާއި އެކު 10,000 އަށް ވުރެ ގިނަ މީހުން ބަދަލުވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީން އިއްޔަވަނީ ބަޔާނެއްވެސް ނެރިފައެވެ.

ވަށައިގެން ބަންދުކޮށް ހިސޯރުކޮށްފައި އޮތް ޣައްޒާއަށް ޔަހޫދީން މެދުކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. ޣައްޒާއަށް ފެނެއް، ކަރަންޓެއް، ކާބޯތަކެއްޗެއް ނުލިބޭ ގޮތައް ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *