Ads by
ޚަބަރު
ހުވާ ކުރެއްވުމަށްފަހު، މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ސައުދީއަށް
ފޮޓޯ: ޕީއެންސީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ސައުދީ އަރަބިއްޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަވެއްޖެއެވެ.

Ads by Eki Online

އިންތިގާލީ މަރުހަލާގައި ޑރ. މުއިއްޒުއާއެކު މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ސައުދީއަށް ވަޑައިގަންނަވާނެއެވެ.

އެހެންނަމަވެސް އެކަމާގުޅޭގޮތުން ޑރ. މުއިއްޒުގެ ފަރާތުން ރަސްމީކޮށް ދަތުރާ ބެހޭގޮތުން އެއވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އެންމެ ފުރަތަމަ މަރުހަބާ ކީ ގައުމުތަކުގެ ތެރޭގައި ވެސް ސައުދީ ހިމެނެއެވެ.

އަދި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރާއި ޑރ.މުއިއްޒާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއްވެސް ވަނީ ކުރައްވާފައެވެ.

ސައުދީއަކީ ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ  1981 ވަނަ އަހަރުގައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *