Ads by
ޚަބަރު
ބަޖެޓް އެކުލަވާލެއްވުމަށް 8 މެންބަރުންގެ ކޮމިޓީއެއް، ޗެއާއަކަށް ސައީދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި އާ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓު އެކުލަވާލުމަށްޓަކައި 8 މެންބަރުންގެ ކޮމިޓީ އެއް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުުގެ ފަރާތުން އެކުލަވާލައިފިއެވެ.

Ads by Eki Online

މިއަދު އިންތިޤާލީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ވިދާޅުވީ މީގެ ކުރިން މި ކޮމެޓީ އެކުލަވާލީ 7 މެންބަރުން ހިމެނޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އެ ކޮމެޓީއަށް އެއް މެންބަރަކު އިތުކުރަން އިންތިޤާލީ އޮފީހުން ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ކުރިން އިޝާރާތް ކޮށްލާފައިވާނެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން 2024 ވަނަ އަހަރުގެ ދިވެހި ދައުލަތުގެ ބަޖެޓްގެ މަސައްކަތްތައް ކުރުމަށް ކޮމެޓީއެއް އެކުލަވާލެއްވި ވާހަކަ. އޭރު އަޅުގަނޑު ފާހަގަކޮށްފައިވާނެ 7 ބޭފުޅުންގެ ވާހަކައެއް. އެހެންނަމަވެސް އެއަދަށް ކުޑަ ބަދަލެއް އައިސްފައިވަނީ. މިހާރު އެކޮމެޓީގައި ޖުމްލަ 8 ބޭފުޅުން ހިމެނިވަޑައިގަންނަވާ.

ފިރުޒުލް ވިދާޅުވިއެވެ.

މި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ.

މީގެއިތުރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ

  • މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  • ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު
  • ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
  • ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު
  • މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު
  • އިކޮނޮޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވެއިޒް
  • ޕެންޝަން އޮފީހުގެ ކުރީގެ ބޯޑު މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް

ފިރުޒުލް އިތުރަށް ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތްތައް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރަށް ބަޖެޓު އެކުލަވާލާނީ އިންތިގާލީ ކޮމިޓީތަކުން މުއައްސަސާތަކަށް ގޮސް އެއްކުރާ މައުލޫމާތުތަކަށާއި މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކަށް ބެލުމަށް ފަހުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *