Ads by
ޚަބަރު
ފުޅަދޫ ކައުންސިލުގެ ރައީސް އެމްޑީޕީ ދޫކޮށް ޕީއެންސީއަށް

ބ.ފުޅަދޫ ކައުންސިލުގެ ރައީސް ޢަލީ އަޒުހަރު އެމްޑީޕީ ދޫކުރައްވައި މިއަދު ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ ) އާ ގުޅިވަޑައިގެންފިއެވެ.

Ads by Eki Online

އަޒުހަރު ޕީއެންސީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލު ކުރެއްވީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒުއާއެވެ.

ސޮއިކުރެއްވުމަށްފަހު އަޒުހަރު ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރެއްވީ ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށެވެ. އަދި ޑރ.މުއިއްޒުގެ ސަރުކާރުގައި އެ ދާއިރާއާއި ރަށަށް އިތުރު ކުރިއެރުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އަޒުހަރު މިމޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ ހިނގަމުންމިދާ ސަރުކާރުގައި ކައުންސިލްތައް ހިންގަން ދަތިތައް ކުރިމަތިކުރުވި ކަމަށެެވެ. އަދި ދެން ފެނިގެންދާނީ ހަގީގީމާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާނެ ސަރުކާރެއް ކަމަށްވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ފުޅަދޫ ކައުންސިލުގައި ޖުމްލަ ފަސް މެންބަރުން ތިއްބަވާއިރު އަޒުހަރު ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުންކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *