Ads by
ސިއްހަތު
ދަތުގައި ރިއްސާނަމަ ގޭގައި ދެވިދާނެ ފަރުވާ!

ދަތުގައި ރިއްސަުމަކީ ފަހަކަށް އައިސް ވަރަށް އާންމުކޮށް ދިމާވާ ކަމެކެެވެ.

Ads by Eki Online

ދަތުގައި ރިއްސާނަމަ ހޯދިދާނެ ބައެއް ފަރުވާތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަތުގައި ރިއްސުން އެންމެ އަވަހަށް ރަނގަޅު ކޮށްދޭނެ ގޮތަކީ ފެނުގެ ތެރެއަށް ލޮނު އަޅައިގެން އަނގަތެރެ ރަނގަޅަށް ދޮވެލުމެވެ. ލޮނުފެން ތައްޔާރު ކުރުމަށް ޖޯޑެއްގެ ހޫނުފެނުގެ ތެރެއަށް ބައި ސައިސަމުސާ ލޮނު އެޅުމަށްފަހު ގިރާލާނީއެވެ. އަދި އެއަށްފަހު ރީއްޗަށް އަނގަ ދޮވެލާނީއެވެ.

ދަތުގައި ރިއްސާނަމަ ފަރުވާއެއްގެ ގޮތުގައި “ޕެޕާރ މިންޓް” ސައިފަތް ޕެކެޓެއް ބޭނުން ކުރެވިދާނެއެވެ. ޕެޕާރ މިންޓަކީ ތަދުވާ ތަންތަނުން ތަދު ކުޑަކޮށްދޭ އެއްޗެކެވެ.

އަނގަތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލާ ދަތުގައި ރިއްސުން ލުއިކޮށްދިނުމަށް ލޮނުމެދަކީ ވަރަށް ރަނގަޅު އެއްޗެެކެވެ. އެންމެ ފުރަތަަމަ ކަމަކަށް ލޮނުމެދު ބޭނުންކޮށްގެން “ޕޭސްޓް” އެއް ތައްޔާރު ކުރާށެވެ. އަދި އެއަށްފަހު ތަދުވާ ތަނުގައި އެ ޕޭސްޓު ޖައްސާށެވެ. އަދި އޭގެ ތެރެއަށް ލޮނު އަޅައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.

މީގެ އިތުރުން ކަރަންފުލަކީވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކަރަންފޫ ފެނު ކެއްކުމަށް ފަހު އޭގެން އަނގަތެރެ ދޮވެލުމުން ރިހުން ކުޑަކޮށްދޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *