Ads by
ޚަބަރު
އިޒްރާއިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް!
ފޮޓޯ: މަޖިލިސް / މެމްބަރު ސައުދު މަޖިލީހުގައި ވާހަކަދައްކަވަނީ

މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން, އިޒްރާއީލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

Ads by Eki Online

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމާސްގެ މުޖާހިދުންނާއި އިޒްރޭލް ސިފައިންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި 2،200 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 8،700 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޒަހަމްވެފައެވެ.

ސައުދު ހުށައެޅުއްވި އެ ގަރާރުގައި ވަނީ އިޒްރާއިލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލާ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އެ ގަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާކަމަށެވެ.

އިޒްލޭރުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ ބިންތައް މިނިވަންކޮށް، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައި، މަޖިލީހުން ދެކޭގޮތް ހާމަކުރުމަށްވެސް ސައުދުގެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ.

ދިވެހީން ތިބީ ފަލަސްތީނާ އެކުގައި ހާމަކޮށް، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމުގެ ގޮތުން އިއްޔެ މުޅި ރާއްޖޭގައި ހިނގާލުމެއް ވަނީ ބާއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *