Ads by
ޚަބަރު
އަމާޒަކީ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ހޯދުން: ޑރ. މުއިއްޒު
ފޮޓޯ: ޕީޕީއެމް

އަންނަ އަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން މަދުވެގެން 60 ގޮނޑި ޕީޕީއެމް/ޕީއެންސީ އިން ކާމިޔާބު ކުރުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޭ “ސަންގު ޓީވީ” އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އިންތިހާބުގައި ދިވެހި ރައްޔިތުން އެމަނިކުފާނަށް ދެއްވި ތާއީދަށް ބަލާއިރު ރައްޔިތުންގެ ވިސްނުން ހުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއިއެކު ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި ގައުމު ހަމަ މަގަކަށް އަޅުވާ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ޕީޕީއެމް/ޕީއެންސީ އަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ ވިސްނުން ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަދި ކުރިޔަށް އޮތް ދެތިން ހަތަރު މަސް އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ވެސް މަސައްކަތް ކުރައްވާނީ އެ ވިސްނުމުގައި ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

އެންމެ ބޮޑަށް މި ބޭނުންވަނީ ޓޫ-ތާޑް (ތިންބައިކުޅަ ދެބައި) މެޖޯރިޓީއެއް ލިބޭ ވަރަށް މެމްބަރުން ހޮވުން، 60 އަށްވުރެ ގިނަ މެންބަރުން ޕީޕީއެމް/ ޕީއެންސީގެ ފަރާތުން މަޖިލީހުގައި އަދި އަޅުގަނޑުމެންނާއި ގުޅިފައި ތިބި މެންބަރުންނާ އެކީގައި އަޅުގަނޑުމެންގެ ކޯލިޝަނަށް ސްޕަ މެޖޯރިޓީ ލިބުން.

މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ ވަރަށް ބޮޑަށް ރައްޔިތުން ބަލައިގަންނަ ބޭފުޅުން ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ތައުލީމީ ބޭފުޅުންނަށް ވުމަކީ ވެސް ބޭނުންފުޅުވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގައި އަންހެން ކަނބަލުން ތިއްބަވާ ނިސްބަތް ގިނަ ކުރުމަކީ ވެސް ބޭނުންފުޅުވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ރަށުމީހާ5 މަސް ކުރިން

ސާބަހޭޭ ދިވެހިންގެެ ރައީސ! ސުޕަރރ މެޖޯރިޓީީ ހޯދާފަަ ވާނެެ ގާނޫންް އަސާސީީ މުޅިންް ބަދަލުކޮށްލަންް. ރައީސުލްޖުމްހޫރިއްޔާގެެ ނަންވެސްް އެޑްރެހާއެކުު ލިޔެފަަ ބާއްވާނީީ. ޢޭއިރުންް އިތުރުު ކެމްޕޭނެއްް ވެސްް ކުރާނެެ ޖާގައެއްް ނުލިބޭނެ. ޢިންތިޚާބެއްވެސްް ނޯންނާނެެ. ޔާމީނުގެެ ބަލާވެރިކަންވެސްް ދާނެެ. ދިވެހިންނަށްް ވާނެެ ދިވެހިންގެެ ރާއްޖެެ ރީތިކޮށްް ދައްކާލަންް. ޢަދުރޭވެސްް ވާނެެ ގޮޅިއަކަށްް ލާން. ކުޅިކުޅެލާންް ވާނެެ.

0
0