Ads by
ޚަބަރު
ޓްރެފިކް ޖޫރިމަނާ މާފުކުރާ ޕްރޮގްރާމްގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
ފޮޓޯ: އެކި

ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދިނުމަށް ޓަކައި ބާއްވާ ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ބައިވެރިވާން ހުށަހަޅައިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤަވައިދާއި ޚިލާފަށް ޕާކު ކޮށްގެން މި ދައުރު ފެށިގެން ސެޕްޓެމްބަރ 5ވަނަ ދުވަހުގެ ނިޔަލަށް އަރައިފައިވާ ޕާކިން ޖޫރިމަނާތައް ޝަރުތަކާއި ނުލައި މާފުކޮށްދެއްވައިފައެވެ.

ނަމަވެސް ގަވައިދާއި ހިލާފަށް ވެހިކަލް ދުއްވުން ފަދަ ކަންކަމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުވާނީ މިނިސްޓްރީގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލްގައިވާ ގޮތުގައި، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޫބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އެއީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް، ކަނޑައަޅާފައިވާ 20 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ.

މިހާރު ކުރިއަށް ދަނީ ތަމްރީނު ބާއްވާނެ ތަނެއް ހޯދުމުގެ މަސައްކަތް ކަމަށާއި، އެ ކަންކަން ފައިނަލް ވުމުން ތަމްރީނުތައް ފަށާނެކަމަށް ކަމަށާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ފުލުހުންނާއި ގުޅިގެން ކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *