Ads by
ޚަބަރު
އިންތިހާބީ ރައީސް ޑރ. މުއިއްޒު އެމެރިކާގެ ސަފީރު ބައްދަލުކުރައްވައިފި
ފޮޓޯ: ޕީޕީއެމް

ދިވެހި ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރު ޔޮން ހުގޯ ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

މި ބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބައްދަލްވުން ކުރިއަށް ގޮސްފައިވަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތު ގައެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ދައުރުގައި، އެމެރިކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި ރާއްޖޭގައި އަލަށް ގާއިމުވެގެންދިޔަ އެމެރިކާގެ އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖޭގައި ތިއްބަވާ ގިނަ ގައުމުތަކެއްގެ ސަފީރުން ގެންދަވަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެ، އެ ގައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ދިވެހި ރައްޔިތުން4 މަސް ކުރިން

ސަފީރަށް ދަންނަވާ ފަލަސްތީނާ ކުރާ ހަނގުރާމަ ހުއްޓުވާލުމަށް

0
0