Ads by
ޚަބަރު
އަދާލަތު ޕާޓީން މަޖިލީހުގެ 5 ގޮނޑިއަކަށް ވާދަކުރަނީ
ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 5 ގޮނޑިއަކަށް ވާދަކުރަން މަޝްވަރާކޮށްފިއެވެ.

Ads by Eki Online

އަދާލަތު ޕާޓީން ކުރި އެކްސް ޕޯސްޓް އެއްގައި ބުނެފައިވަނީ ރޭ ބޭއްވުނު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަދި މިކަމަށް ގޮތެއް ނިންމާނީ ގޮފިތަކާއި ދާއިރާތަކާއި އިތުރަށް މަޝްވަރާކުރުމަށް ފަހުގައި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރު ތިއްބަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްވަނީ 87 މެންބަރުންނެވެ.

މިގޮތުން އިތުރުކުރާ ދާއިރާތަކަކީ

  • މާލޭ ސިޓީ އަށް 2 ގޮނޑި
  • އައްޑޫ ސިޓީ އަށް 1 ގޮނޑި
  • މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) އަށް 1 ގޮނޑި
  • މާލެއަތޮޅަށް 1 ގޮނޑި
  • ހުވަދުއަތޮޅު އުތުރުބުރި (ގއ. އަތޮޅު) އަށް 1 ގޮނޑި

އީސީން މަޖިލީހުގެ ގޮނޑީގެ އަދަދު ކަނޑައަޅަނީ ދާއިރާތަކުން ވޯޓުލާން ރެޖިސްޓާވާ ނިސްބަތަށް ބަލައިގެންނެވެ. މި ދާއިރާތަކުގެ ތަފްސީލު އީސީން އަދި ހާމައެއް ނުކުރެވެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ 2024 ވަނަ އަހަރުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *