Ads by
ޚަބަރު
ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ 2،000ރ އަށް ކުޑަކޮށްފި
ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2000 ރުފިޔާއަށް ވުރެ ބޮޑުނުވާނެގޮތަށް އިމިގްރޭޝަނުން ހަމަޖައްސަވައިފިއެވެ.

Ads by Eki Online

ޕާސްޕޯޓް ގެއްލިއްޖެނަމަ މީގެ ކުރިން 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރުނަމަ 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރުނަމަ 20،000 ރުފިޔާއިންނެވެ.

ނަމަވެސް މިހާރު ގަވައިދުގައި ވަނީ ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން 2،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރާ ގޮތަށެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ގަވައިދަށް ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އިމިގްރޭޝަނުން ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހެއްދިއެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް 32،500 ޕާސްޕޯޓް ހައްދާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *