Ads by
ޚަބަރު
އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ރައީސް ނަޝީދަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށް ފޮނުއްވައިފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރުގެ ނޯޓިސް އީމެއިލް ކުރެވިފައިވާ ކަމަށެވެ.

49 މެމްބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ހޯމަ ދުވަހުއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށައަޅާފައިވާ ޤަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، މަޖިލީހަށް ތަޅުމަށް ވަކި ގޮތެއް ނިންމުމަށް ހުށައެޅުއްވުމުގައި ނަޝީދުގެ އަމިއްލަ މަސްލަޙަތު އިސްކުރައްވާކަމަށެވެ. އަދި ވަކި ފަރާތަކަށް ބުރަވެ ހުންނަވައި، މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ތަކުރާރުކޮށް ގަސްތުގައި އެޖެންޑާތައް ކަނޑައަޅުއްވަމުން ގެންދަވާފައިވާކަންވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *