Ads by
ޚަބަރު
އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގާފައި ނުވާނެ: އިންތިހާބީ ރައީސް ޑރ. މުޢިއްޒު
ފޮޓޯ: އެކި

އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އަންގަވާފައި ނުވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް، ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާގައި ހުއްޓާލަމުންދަނީ އިންތިހާބީ ރައީސްގެ އެންގެވުމަށްކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީ ތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އަޅުގަނޑު އަންގައިގެންކަމަށް ދައްކާ ޙަޤީޤަތެއްނެތް ވާހަކަތަކާއި ގުޅިގެން، ރައްޔިތުންނަށް ޔަޤީންކަން ދިނުމުގެ ގޮތުން ދަންނަވާލަން. ޝުކުރިއްޔާ

ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އާ މަޝްރޫއުތައް ނުފެށުމަށާއި ވަޒީފާގެ ކުރިއެރުން ނުދިނުމަށާއި ލޯންތައް ނުނެގުމަށާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ހަތް ކަމެއް ނުކުރަން މި ސަރުކާރަށް އަންގަވައިފައެވެ.

ކުރިއަށް މިދަނީ އިންތިގާލީ މަރުހަލާ ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދާ އެއްވެސް ޕްރޮޖެކްޓުތަކުގެ މަސައްކަތާއި މިހާރު ފެށުމުގެ މަރުހަލާގައި ހުރި ކަންކަން ނުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެދިވަޑައިގެންނެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުންވެސް އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ގެންދަވަނީ ވިދާޅުވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *