Ads by
ކުޅިވަރު
ހަޒާޑް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ބެލްޖިއަމް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އެޑެން ހަޒާޑް ކުޅުން ހުއްޓާލައިފިއެވެ.

Ads by Eki Online

އުމުރުން 32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލިއިރު، މިދިޔަ ސީޒަނަށް ފަހު ރެއާލް އިން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ޗެލްސީ ދޫކޮށް 2019 ވަނަ އަހަރު ރެއާލަށް ހަޒާޑް ބަދަލުވީ 89 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. ޗެލްސީގައި މޮޅަށް ކުޅެ ދުނިޔޭގެ ތަރިއަކަށް ވިނަމަވެސް, ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑްގައި ހޭދަކުރީ ކާމިޔާބު ކެރިއަރެއް ނޫނެވެ. ކްލަބްގައި ހޭދަކުރި އެންމެ ފަހު ސީޒަންގައި ފުރުޞަތު ލިބުނީ އެންމެ ހަ މެޗުންނެވެ.

ސޯޅަ އަހަރުގެ ކެރިއަރެއްގައި 700 އަށްވުރެ ގިނަ މެޗު ކުޅުމަށް ފަހު، އަހަރެން މިއަދު މި ނިންމީ ކެރިއަރު ނިންމާލަން، އަމިއްލަ ނަފްސަށް އިތުބާރުކޮށް، އެންމެ ރަނގަޅު ވަގުތުގައި ހުއްޓާލަން އެނގެންޖެހޭ.

ރެއާލް އިން މި އަހަރުގެ ޖޫން މަހު ކޮންޓުރެކްޓް ބާތިލްކުރުމުން ކްލަބަކާ ނުގުޅިހުރި ހަޒާޑް ބުންޏެވެ.

ޗެލްސީ އަށް ކުޅުނު 352 މެޗުގައި ހަޒާޑް ވަނީ 110 ލަނޑު ޖަހައިފައެވެ. ނަމަވެސް މި މޮޅު ކުޅުން ރެއާލްގައި ހަޒާޑަށް ވަނީ ނުދެއްކިފައެވެ. މިގޮތުނެ ރެއާލަށް ހަޒާޑް ސްޕެއިން ލީގުގައި ކުޅެވުނީވެސް 54 މެޗެވެ. އަދި ރިއަލްއަށް މުޅި ޖުމްލަ ކުޅެވުނު 76 މެޗުގައި ހަޒާޑަށް ޖެހުނީ އެންމެ 7 ލަނޑެވެ.

ބެލްޖިއަމްގެ ކެޕްޓަންކަންވެސް ކުރި ހަޒާޑް ވަނީ ޑިސެމްބަރު މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *