Ads by
ޚަބަރު
ބްރިޖުގައި ގަވާއިދާއި ހިލާފަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ފުލުހުންގެ މެސެޖެއް
ފޮޓޯ: އެކި

ސިނަމާލެ ބްރިޖްގައި ދުއްވުމަށް ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށާއި، ދުއްވަމުން ޤަވާއިދާ ޚިލާފަށް ލޭން ބަދަލު ކުރާފަރާތްތަކަށް ފުލުހުން އެކަން އަންގައި މެސެޖެއް ފޮނުވަން ފަށަން ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by Eki Online

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 15، އިން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވުން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ކެމެރާތައް މެދުވެރިކޮށް ދެނެގަނެ، އުޅަނދު ދުއްވި ބާރުމިން އެނގޭ ގޮތަށް، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށް މެސެޖެއް ދާނެ ކަމަށެވެ.

އަދި މިމެސެޖްގައި ބްރިޖްގައި ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށާއި، ޤަވާއިދާޚިލަށް ލޭން ބަދަލު ނުކުރުމަށްއެދިފައިވާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް އެކި ފަހަރު މަތިން އިލްތިމާސްކޮށްފައެވެ.

މިގޮތަށް އަމަލުކުރަން މި ފެށުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ބްރިޖުން ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހުދުހުދު4 މަސް ކުރިން

މިތިބަ ގަބުޅިންނޭ ކޮން މެސެޖެއް ފޮނުވާކަށް....ކޮން ފިރުމުމެއް ފިރުމާކަށް ވަގުތުން ފިޔަވަޅު އަޅަންވީ..އިޢުލާން ކުރަންވީ މާދަމާއިން ފެށިގެން އެފަދަ މީހުންނަށް ފިޔަވަޅު އަޅާނަމޭ .....ނިމުނީ..

0
0