Ads by
ޚަބަރު
ޑރ. މުއިއްޒާއެކު ކުރިއަށް އޮތް ފަސް އަހަރު ސާބިތުކަމާއެކު ތިބޭނަން: އެމްއެންޕީ
ފޮޓޯ: އެމްއެންޕީ

ކުރިއަށް އޮތް ފަސް އަހަރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާ އެކު ތިބޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމްއެންޕީ އިން ރޭ މައި ޖަގަހައިގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް މި އޮތް ފަސް އަހަރު މުއިއްޒާ އެކީގައި، އެމަނިކުފާނު އެދުނު ކޮންމެ ކަމެއް ކޮށްދީ، މި ގައުމުގެ ހެވާ ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި އެމްއެންޕީ ސާބިތުކަމާ އެކު އޮންނާނެ ކަމަށެވެ.

އަޅުގަނޑު މުއިއްޒަށް ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ސާބިތު ކަމަކަށް ބަދަލެއް ނައިސް އިރާދަކުރެއްވިއްޔާ މުއިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް މި ޕާޓީން މަސައްކަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،

ނާޒިމް ވިދާޅުވިއެވެ.

އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެކު ހެދިފައިވާ އެއްބަސްވުން ޕާޓީގެ ގައުމީ ކައުންސިލް މެމްބަރުންނާއި ވަރަށް އަވަހަށް ހިއްސާކުރައްވާނެކަންވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ނާޒިމް ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބުތަކުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ގުޅިގެން ކަމަށްވެސް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާޒިމު ވާދަކުރެއްވި ނަމަވެސް އޭނާ ދިޔައީ 8 ކެންޑިޑޭޓުން ވާދަކުރެއްވި ރޭހުގެ 7ވަނަ އަށެވެ. ނާޒިމަށް ލިބިވަޑައިގަތީ އެންމެ 1،900 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *