Ads by
ސިއްހަތު
ހިނގުމުން ލިބޭ ފައިދާތައް!

ހިނގާބިނގާވެ އުޅުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއްކަމާމެދު އެއްވެސް ސުވާލެއް ނުއުފެދެއެވެ. ޔުނިވާސިޓީ އޮފް ޓެނެސީގެ ދިރާސާއަކުން ދައްކާ ގޮތުގައި ހިނގުމަކީ ލޭ ގަނޑުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

Ads by Eki Online

ހިނގާބިނގާވެ އުޅުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދީ، ހިތުގެ ވިންދު މަތިކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތް ވަރުގަދަކޮށްދޭ ކަމެކެވެ. ދުވާލަކު  އެއް މޭލާއި ދެ މޭލާ ދެމެދުގެ ބާރުމިނުގައި ހިނގާ މީހުންގެ ލޭގެ ޕްރެޝަރު 24 ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 11 ޕޮއިންޓް ދަށްކޮށްދެއެވެ. ބޮސްޓަންގެ ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ސައިންސްވެރިން ބުނާ ގޮތުގައި ދުވާލަކު 30 މިނިޓް ހިނގާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 20 ޕަސެންޓް އަދި ސްޕީޑް އިތުރުކުރުމުން 40 ޕަސެންޓް ކުޑަކޮށްދޭ ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 50 އަހަރާއި 75 އަހަރާ ދެމެދުގެ އަންހެނުން، ހެނދުނު އެއް ގަޑިއިރު ހިނގާލަން ދާނަމަ ހިނގާފައި ނުދާ އަންހެނުންނަށް ވުރެ އިންސޮމްނިއާ އަށް ލުޔެއް ލިބުމުގެ ފުރުސަތުބޮޑެވެ.

ހިނގާބިނގާވެ އުޅޭއިރު ނޭވާލުމުގެ ރޭޓް އިތުރުވެ، ލޭގެ ތެރެއިން އޮކްސިޖަން ހަލުވިކަމާއެކު ދަތުރުކޮށް، ކުނީގެ ބާވަތްތައް ނައްތާލައި، ހަކަތަ ލިބުމުގެ ގާބިލުކަން އިތުރުކޮށްދެއެވެ. ހިނގާލުމުން ގުދުރަތީ ގޮތުން ވޭންކިލިން އެންޑޯފިން ހަށިގަނޑަށް ދޫކޮށްލައެވެ. ކެލިފޯނިއާ ސްޓޭޓް ޔުނިވާސިޓީ، ލޯންގް ބީޗްގެ ދިރާސާއަކުން ދައްކާ ގޮތުގައި ހިނގާފައި ގިނައިން އުޅޭނަމަ އެ މީހުންގެ މޫޑު ރަނގަޅުވާނެއެވެ.

ހިނގާބިނގާވެ އުޅުމަކީ ފައިގެ މަސްތަކާއި ބަނޑުގެ މަސްތައް އަދި އަތުގެ މަސްތައް ވެސް ޓޯންކުރާ ކަމެކެވެ. ސެން ފްރެންސިސްކޯގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން ހެދި އުމުރުން 65 އަހަރުން މަތީގެ 6،000 އަންހެނުންގެ ދިރާސާއަކުން ދައްކާ ގޮތުގައި ހިނގާފައި ގިނައިން އުޅޭ މީހުންގެ ހަނދާން އަލިކޮށްދެއެވެ.

ދުވާލެއްގެ މައްޗަށް 2.5 މޭލު ދުވާ އަންހެނުންގެ ހަނދާން 17 އިންސައްތަ ދަށަށް ގޮސްފައިވާއިރު ހަފުތާއަކު ބައި މޭލަށްވުރެ މަދުން ހިނގާ އަންހެނުންގެ އަދަދު ވަނީ 25 އިންސައްތަ ދަށަށް ގޮސްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *