Ads by
ޚަބަރު
ރާއްޖޭގެ އިތުރު 12 ސަރަހައްދެއް ހިމާޔަތްކޮށްފި

ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވައިފިއެވެ.

Ads by Eki Online

އެގޮތުން ރައީސް ޞާލިހް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ދެއްވެވި ލަފާފުޅާއި ގުޅިގެންނެވެ.

މި 12 ސަރަހައްދު ތެރޭގައި ހިމެނެނީ ބ. އަތޮޅާއި ވ. އަތޮޅުގެ ބައެއް ސަރަހައްދުތަކެވެ.

ހިމާޔަތް ކުރި ސަރަހައްދުތަކަކީ

  • ވ. ކަވަރުފަޅު ސަރަޙައްދު
  • ވ. ފޮއްތެޔޮ ސަރަޙައްދު
  • ވ. ހިނގާކުޅީ ފިނޮޅު ސަރަޙައްދު
  • ވ. ތުޑުހުރާ
  • ވ. ރުއްހުރި ހުރާ
  • ވ. ރަކީދޫ ކޯނަ
  • ވ. ފުށިފަރު ފަރުގެ ސަރަޙައްދު
  • ވ. ހުރާ ފަޅު
  • ބ. ހުރާފަރު ސަރަޙައްދު
  • ބ. ދަރަވަންދޫ ތިލަ ސަރަޙައްދު
  • ބ. ނެލިވަރު ސަރަޙައްދު
  • ބ. އިންނަފުށި ސަރަޙައްދު

މިއީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ. މި ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއި މަޝްވަރާ ކުރެވިފައިވެއެވެ.

މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ޙިމާޔަތް ކުރުމާއި، ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޙިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *