Ads by
ޚަބަރު
މާލޭ މޭޔަރު ހޮވަން ބައި-އިލެކްޝަން ޖެނުއަރީ 17ގެ ކުރިން ބާއްވާނެ: އީސީ

އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން، މާލޭގެ މޭޔަރުގެ މަޤާމަށް މީހަކު އިންތިހާބު ކުރުމަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނެވި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު، އަންނަ މަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމާއިއެކު މޭޔަރުގެ ގޮނޑި ހުސްވާނެއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިިސްމާއީލް ހަބީބް އޮންލައިން ނޫހަކަށް ވިދާޅުވީ މޭޔަރުކަމުގެ މަގާމު ހުސްވާނީ ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި ކުރެއްވުމަށްޓަަކައި މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ހަބީބު ވިދާޅުވީ ބެލެވޭ ގޮތުގައި ނޮވެމްބަރު 16 ނުވަަތަ 17ވަނަ ދުވަހުގެ ހެނދުުނު އެ މަގާމުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އިސްތިއުފާ ދެއްވުމާ އެކު އެ ކަން އިލެކްޝަންސް ކޮމިޝަނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގަންވާނެ ކަމަށާއި އެއީ އިންތިޚާބު ބާއްވަން ކެންޑިޑެސީ ހުށަހަޅަން އިލެކްޝަނުން އިއުލާނު ކުރާނެ ހިސާބުކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އީސީގެ މައްޗަށް ލާޒިމްވަނީ ކައުންސިލެއްގެ އިންތިހާބީ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އެ މަގާމަށް އިންތިހާބުކުރުމަށް ކަމަށެވެ.

މުޢިއްޒު ނިންމަވައިފައި ވަނީ، ވެރިކަމުގެ ހުވާ ކުރައްވަންދެން، މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނެވުމަށެވެ. އެ މަޤާމުގެ ޒިންމާތައް މިހާރު ޙަވާލު ކުރައްވައިފައިވަނީ، މާލޭގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއާއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *