Ads by
ޚަބަރު
ޑރ. މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރެއް ނުވާނެ

އަންނަ ނޮވެމްބަރު 17 ގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރު އެކުލަވާލާއިރު ސިޔާސީ މަގާމު 700 އަށް ވުރެން ގިނަ ނުވާނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމު 700 އަށްވުރެން އިތުރުނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައީސް އޮފީހާއި އެމަނިކުފާނު ހުންނަވާ ގެކޮޅާއި، ނައިބު ރައީސް ހުންނަވާ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭގޮތަށެވެ.

މިއީ މިހާރު އޮތް ސަރުކާރުގެ 1،063 ސިޔާސީ މަގާމަށްވުރެ މާބޮޑު ތަނުންވެސް މަދު އަދެއް ކަމަށެވެ.

އަދި މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ހާމަކޮށްފައިވާ 808 މަގާމުގެ އަދަދަށް ވުރެ މަދު އަދަދެއް ކަމަށް ވެސް ފިރުޒުލް މިއަދު ވިދާޅުވިއެވެ.

“މީގެ މާނައަކީ މިއަދު އެމަނިކުފާނު ނިންމަވާފައި ވަނީ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި މި ހުރިހާ ތަނެއްގައި މަސައްކަތް ކުރައްވާނެ އިދާރީ މުވައްޒަފުން ހިމެނޭހެން ސިޔާސީ މަގާމްތައް 700 އަށް ވުރެ ގިނަ ނުކުރުމަށޭ،” ފިރުޒުލް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ސަރުކާރުން އެކުލަވާލާ ކެބިނެޓްގައި ހާއްސަ އިސްކަމެއް ދެއްވާނީ ކަމަށް ޤާބިލް ދާއިރާތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުންހަމަޖެއްސެވުމަށްކަމަށް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *