Ads by
ސިއްހަތު
ސިއްޙަތައް ފައިދާހުރި ކާނާ ކެއުމުން ލިބޭ ފައިދާތައް!

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ޑައިޓިންގެ ގޮތުގައި ގިނަ ފަހަރަށް މީހުން ދެކެއެވެ. މިއީ ހަގީގަތެއް ނޫނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް ކުރެވޭ ކަމެއް ނޫނެވެ. އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ރަނގަޅު ކަމެކެވެ.

Ads by Eki Online

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކެއުމަކީ ހަށިގަނޑު ބެލެންސް ކޮށް، ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބޭނެ ކަމެކެވެ.

ދުޅަހެޔޮ ސިއްޙައްތެއްގައި ހުރުމަށް މޭވާ، ތަރުކާރީ، ހޯލް ގްރޭންސް، ފެޓްސް، ޕްރޮޓީން އަދި ސްޓާޗް ކާން ޖެހެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކެއުމާއި ބުއިމުގެ އިތުރުން ކާތަކެތި ތައްޔާރުކުރާ ގޮތާ މެދު ވެސް ވިސްނަން ޖެހެއެެވެ. އެންމެ ރަނގަޅު ނަތީޖާއަކަށްޓަކައި ފްރައިޑް ނުވަތަ ޕްރޮސެސްކޮށްފައި ހުންނަ ކާނާގެ އިތުރުން ހަކުރު އަދި ލޮނު ގިނަ ކާނާއިން ދުރުހެލިވާން ޖެހެއެވެ.

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ މައިގަނޑު އެއް ސަބަބަކީ ބަރުދަން ރަނގަޅު ގޮތުގައި ދެމެހެއްޓުން ނުވަތަ ބަރުދަން ލުއިކުރުމެވެ. ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތަކުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން ރަނގަޅުވެ، ހިތުގެ ބަލިތަކުން އާންމުކޮށް ދުރުކޮށްދެއެވެ. މީގެ އިތުރުން ސިކުނޑިއަށް ލޭ ދައުރުވުން އިތުރުވެ، ސިކުނޑީގެ އަލްޒައިމަރސް، ޑިމެންޝިއާ އަދި ކޮގްނިޓިވް ދަށްވުން ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *