Ads by
ޚަބަރު
ިއިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފިއެވެ.

Ads by Eki Online

އިންތިހާބީ ރައީސްގެ ތަރުޖަމާނު، މުހައްމަދު ފިރުޒުލް ވިދާޅުވީ މޫސުން ތަންދޭ ނަމަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ އެންމެހައި ކަންކަން މިހާރު ކުރައްވަމުން އަންނަ އިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މީގެ ކުރިން ވިދާޅުވީ، ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްނަމަ އަދި ޑރ، މުޙައްމަދު މުޢިއްޒު އެއްބަސްވެވަޑައިގަންނަވާނަމަ، އެމަނިކުފާނު ބޭނުންވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ.

ނަމަވެސް އެކަމުގައި ގާނޫނީ ހުރަސްތައް ހުރުމުން ނޮވެމްބަރު 11 ގައިހުވާ ކުރެއްވޭ ގޮތް ނުވި ކަމަށް ވެއެވެ.

ރައީސް އަދި ނާއިބު ރައީސް ހުވާކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސްގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސްގެ ނައިބު ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާ ބޭއްވުމުގެ ހުރިހާ ތައްޔާރީތަކެއް ކުރަމުން ގެންދާ ކަމަށް މަޖިލީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *