Ads by
ސިއްހަތު
ކޮންމެ ދުވަހަކު ލުނބޯ ފެން ބުއިމުން ލިބޭ ގެއްލުންތައް!

ލުނބޯ ފެން ގިނައިން ބުއިމަކީ ހަޑިގަނޑަށް ގެއްލުންތައް ކުރިމަތިކުރުވާ ކަމެކެވެ.

Ads by Eki Online

މިކަމުގެ ސަބަަބުން ދަތުގެ އެނަމަލް ހަލާކުވެ، ހަޖަމްކުރުމުގެ މައްސަލަތައް ދިމާވެ ލޭގެ ޕްރެޝަރަށް ބަދަލުތަކެއް އާދެއެވެ. ލުނބޮލަކީ މެދުމިނުގައި ސިއްހަތަށް ފައިދާހުރި ކާނާގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައި ވިޔަސް، ގެސްޓްރޮއިންޓެއިންޓައިނަލް މައްސަލަތައް ހުންނަ މީހުން އޭގެ ސަބަބުން އަސަރުތަކެއް ކުރެއެވެ.

ކޮންމެ ދުވަހަކު ލުނބޯ ފެން ބުއިމުގެ ބަދަލުގައި ގުދުރަތީ އެހެން ބާވަތަތައް ކަމަށްވާ މޭވާ އިންފިއުޝަންސް އާއި ހާބަލް ޓީ ބޭނުންކުރާށެވެ. ކޮންމެ ދުވަހަކު ލުނބޯ ފެން ބުއިމުގެ ސަބަބުން ދަތްތަކުގެ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުކަތެއް ކުރެއެވެ. އެސިޑްގެ ސަބަބުން ދަތްތަކުގެ ބޭރު ފަށަލައަށް ގެއްލުން ވެދާނެއެވެ.

އަދި ކެވިޓީސް، ރިހުން، ދަތުގެ ކުލަ ބަދަލުވުން އަދި އެހެނިހެން މައްސަލަތައް ދިމާވެއެވެ. އެސިޑް ރިފްލަކްސް އާއި ކެއުމުގެ މައްސަލަތަކާއި އަނގަ ހިކުމުގެ މައްސަލަތައް ވެސް ދިމާވުން އެކަށީގެންވެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *