Ads by
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި
ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.

Ads by Eki Online

ނަޝީދު ވަކި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމަގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިއީ، މި އަހަރުގެ ތެރޭގައި އެމްޑީޕީން ނަޝީދު މަގާމުން ވަކިކުރަން މައްސަލަ ހުށަހަޅާ ދެ ވަނަ ފަހަރެވެެ.

ފުރަތަމަ، ޖުލައި މަހު މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅިއެވެ. އެ އީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ ދެ މައްސަލަވެސް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދުކޮށްފައެއްނުވެއެވެ.

ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވިއިރު، އެ މަނިކުފާނަކީ އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެމްޑީޕީ ރޫޅި ދަ ޑިމޮކްރެޓްސް އުފެއްދުމަށް ފަހު، އެ މަނިކުފާނު ވަނީ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

24315 މަސް ކުރިން

ޢެސޮރު ވަރަށް ބޮޑާހާކާނެ އިނގޭ މަޖްލިސްގެ ރަޭީސް ކަމަށް ވިޔަސް ދާއިރާގެ މެމްބަރުގެ ހައިޘިއްޔަތުން ޖަލްސާ ތަކުގަ ބައިވެރި ވެވޭނެ އެހންމީހަކާ ރިޔާސަތު ހަވާލު ކޮށްފަވެސް އެކަމަކު ތަކައްބުރު ބޮޑާ މީހާ ހަމަ ރައީސް ކަމުގެ ގޮނޑިން ގުޑިވެސް ނުލާން އެ އިންނަނީ

0
0
ކަނީސާ5 މަސް ކުރިން

ޙަމަ ހުށައަޅާ ފާސްކުރަންވީ މާލަސްވެސް ވެއްޖެ. އެމްޑީޕީގެ މެމްބަރެއް ވީމަ މަޖްލިސް ރައީސްކަން ދިނީ ކެނެރީގޭ ނަޝީދާ ކެނެރީގޭ އީވާ ވެގެނެއް ނޫން ޕާރޓީން ވަކިވީމަ ހަމަ ވަގުތުން ވަކި ކޮށް ޕާރޓީ މީހަކަށް ދޭންވީ.

0
0