Ads by
ސިއްހަތު
ޕެޝަން ފްރުޓް ގެ ސަބަބުން ސިއްހަތަށް ލިބޭ ފައިދާތައް!

ޕެޝަން ބެލެންސްޑް ޑައިޓަކަށް ސިއްހަތަށް ފައިދާހުރި މޭވާއެކެެވެ. ޕެޝަން ފްރުޓްގައި މުހިންމު ވިޓަމިންތަކާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ އިރު، މިއީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި މޭވާއެކެވެ.

Ads by Eki Online

ޕެޝަން ފްރުޓަކީ ދެކުނު އެމެރިކާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި އިންޑިއާ ފަދަ ހޫނު މޫސުމުގައި އުފެދޭ ޕަސިފްލޯރާގެ ނަމުން ނަންދީފައިވާ ޓްރޮޕިކަލް ވިނައެކުން ހެދޭ މޭވާއެކެވެ.

ޕެޝަން ފްރުޓަކީ ސިއްހަތަށް ފައިދާހުރި މުހިންމެ ނިއުޓްރިޝަން ފޯރުކޮށްދޭ ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ. އޭގެ ތެރޭގައި ހަންގަނޑާއި ލޮލުގެ ފެނުމާއި ދިފާއީ ނިޒާމަށް މުހިއްމު ވިޓަމިން އޭ އާއި މުހިއްމު އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ އެކުލެވިގެންވެއެވެ.

ޕެޝަން ފްރުޓަކީ އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި ވެފައިވާ މޭވާއެކެވެ. އެއީ ހަށިގަނޑަށް ގެއްލުންހުރި ފްރީ ރެޑިކަލްތައް ނިއުޓްރަލައިޒް ކުރުމަށް އެހީތެރިވެދޭ ކޮމްޕައުންޑްތަކެކެވެ. އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގެ ނިޒާމުތައް ދުޅަހެޔޮކޮށް ބެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެންޓިއޮކްސިޑެންޓުން ހާއްސަކޮށް ސިކުނޑިއަށާއި ނާރުތަކުގެ ނިޒާމަށް ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ.

ޕެޞަން ފްރުޓްގެ ޕަލްޕްގައި ގިނަ އަދަދަކަށް ޑައިޓްރީ ފައިބާ އެކުލެވިގެންވެއެވެ. ފައިބަރަކީ ކޮންމެ ކެއުމެއްގައި ވެސް ވަރަށް މުހިއްމު މާއްދާއެކެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ރެގިއުލޭޓްކޮށް، ބަނޑު ދުޅަހެޔޮކޮށް ބަހައްޓައި، ބަނޑުހައިވުމާއި ބަނޑުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަންޓްރަސްޓެޑް އިން ބުނި ގޮތުގައި ފައިބާއަކީ ކޮލެސްޓްރޯލް ދަށްކޮށް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގައި ވެސް ފައިދާތަކެއް ކުރާ އެއްޗެކެވެ.

ޕެޝަން ފްރުޓް ގަވާއިދުން ކެއުމަކީ ބަނޑުހައިހޫނުކަމުން ދުރުކޮށްދީ ހަޖަމުކުރުމާއި މުޅި ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *