Ads by
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަަލަ އަނެއްކާ ވެސް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ފަށައިފިއެވެ.

Ads by Eki Online

އެމްޑީޕީން އެންމެ ފަހުން ލައިވްކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް މި މައްސަލަ ވަނީ ދެތިން މެންބަރަކު ފާހަގަކޮށް އެކަމާއި މަޝްވަރާއަށް ދިއުމަށް ހުށަހަޅާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު މި މަސައްކަތް ފަށައި މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަނީ، ރައިސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުގެ ބޭނުމަކީ، މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށްއޮވެ، މަޖިލީހުގެ ރައީސަކަށް ހުންނަވަންޖެހޭނީ އެޕާޓިގެ ބޭފުޅެއްކަމަށްވާތީކަމަށެވެ. އެ މަޤާމަކީ އެޕާޓީއަށް މުހިންމު މަޤާމެއްކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ފާހަގަ ކުރައްވާފައިވެއެވެ.

މިދިޔަ ޖޫން މަހުވެސް މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅިއެވެ. އެ އީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ ދެ މައްސަލަވެސް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދުކޮށްފައެއްނުވެއެވެ.

ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވިއިރު، އެ މަނިކުފާނަކީ އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެމްޑީޕީ ރޫޅި ދަ ޑިމޮކްރެޓްސް އުފެއްދުމަށް ފަހު، އެ މަނިކުފާނު ވަނީ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *