Ads by
ޚަބަރު
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ 198 މީހުން ޝަހީދު ކޮށްލައިފި
ފޮޓޯ: މީސް މީޑިޔާ

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް މިއަދު އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ވައިގެމަގުން ހަމަލާދީ ހަނގުރާމަ ފަށައިފިއެވެ.

Ads by Eki Online

ހަމާސް އިން ދޭން ފެށި ރޮކެޓް ހަމަލާގައި އިޒްރޭލުގެ 40 މީހުން މަރުވެ 700 އެއްހާ މީހުނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ބަދަލުގައި އިޒްރޭލުން ވައިގެ މަގުން ޣައްޒާ އަށް ދިން ހަމަލާގައި 198 މީހުން ޝަހީދުކޮށް 1610 މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ފަލަސްތީނުގައި ދިރިއުޅޭ އިޒްރާއިލް ރައްޔިތުން އުޅޭ ސަރަހައްދާއި ފަލަސްތީނުގެ ރައްޔިތުން އުޅޭ ސަރަހައްދު ވަކިކުރުމަށް އޮންނަ ބޯޑަރު ސަރަހައްދުގައި ބަޑީގެ ހަމަލާތައް ދަނީ ބަދަލު ކުރެވެމުންނެވެ.

ހަމާސްއިން މިއަދު ހެދުނު ހަމަލާތައް ދިނުމާ އެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާނުކޮށްފައެވެ.

އިޒްރޭލަކީ ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އުފެއްދި ޔަހޫދީ ދައުލަތެކެވެ. އެ ދައުލަތް އުފެއްދި އިރު އޮތް ސަރަހައްދަށް ވުރެ އެތައް ގުނައެއް އިތުރަށް ހިފީ އޭގެ ފަހުން ކުރި އެކި އެކި ހަނގުރާމަތަކުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *