Ads by
ޚަބަރު
އިޒްރޭލުން ފަލަސްތީންގެ ބިންތަކުން ފައިބައި، ފަލަސްތީންއަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގަންނަންޖެހޭ: އިންތިހާބީ ރައީސް ޑރ. މުޢިއްޒު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިޒްރޭލުން ފަލަސްތީންގެ ބިންތަކުން ފައިބައި، ފަލަސްތީންއަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގަންނަން ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Eki Online

ފަލަސްތީނުން އިސްރާޢީލަށް ހަމަލާތައްދީ، ހަމާސް އާއި އިޒްރޭލުން ވެސް ހަނގުރާމަ އިއުލާންކޮށްފައިވަނިކޮށް ރާއްޖޭގެ އިންތިޚާބީ ރައީސް މުޢިއްޒު މިރޭ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއްކަން އިސްރާއީލުން ބަލައިގަންނަން ޖެހޭކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އިރުމަތީ ގުދުސްއަކީ ވެރިރަށް ގޮތުގައި ކަނޑައަޅައި، 1967 އަހަރުގެ ބޯޑަރުތަކާއި އެއްގޮތަށް ފަލަސްތީނަކީ ވަކި ދައުލަތެއް ގޮތުގައި އިޒްރޭލުން ބަލައިގަންނަން ޖެހޭކަމަށެވެ. އަދި ރެފިއުޖީންނަށް އެބުރި އައުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ.

ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭންގެ ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލަތަކެއް ދީފިއެވެ. އަދި، ޣައްޒާ ވަށައިގެން ޖަހާފައިވާ ފެންސުތައް ހުރަސްކޮށް، އެ ޖަމާޢަތުގެ މުޖާހިދުން ވަނީ ޔަހޫދީ އިސްރާޢީލުގެ ރަށްތަކަށް އަރާފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި މިހާތަނަށް އިޒްރޭލުން ގައްޒާއަށް ދިން ހަމަލާތަކުގައި 150 ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށާއި, އަދި 1500 ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *