Ads by
ޚަބަރު
15 ޓީމަކަށް ބަހާލައިގެން އިންތިގާލީ މަސައްކަތް މާދަމާ ފަށާނެ :ފިރުޒުލް
ފޮޓޯ: ޕީޕީއެމް

އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް 15 ޓީމެއް އެކުލަވާލައިފައިވާ ކަމަށާއި އެ ޓީމުތަކުން މާދަމާއިން ފެށިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފިރުޒުލް މިފަދައިން ވިދާޅުވީ މިއަދު ނޫސްވެރިންނާއި ބައްދަލްކުރުމަށް ދިމްޔާތުގައި ބޭއްވި ބައްދަލް ވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެކުލަވާލި 15 ޓީމުތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށް އެކުލަވާލައިފައިވާ 7 ޓީމަކާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކާ އިދާރާތަކަށް ހާއްސަ 8 ޓީމެއްކަމަށެވެ. އަދި މި ޓީމުތަކުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށްދާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ފިރުޒުލް ވިދާޅުވެފައިވަނީ ސަރުކާރުގެ މުއައްސަސާތަކާ އިދާރާތައް އަދި ކުންފުނިތަކަށް ޒިޔާރަތްކޮށް އެ ތަންތަނުން މައުލޫމާތު އެއްކުރާނީ ކިހިނެތްކަން ކަނޑައަޅައި އެ މައުލޫމާތުތައް އިންތިހާބީ ރައީސްއަށް ހުށަހާޅާނީ ކިހިނެތްކަން އެކުލަވާލާލުމުގެ ކަންކަންކޮށްފައިވާ ކަމަށެވެ. އަދި އިންތިގާލީ ކޮމިޓީތަކަށް ބާއްވާ ހާއްސަ ތަމްރީނުތަކެއް މިހާރު ފެށިގެން ކުރިއަށްދާކަމަށެެވެ.

އަދި އެންމެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އަދި އިންތިގާލީ މުއްދަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ސަރުކާރު ބަދުލުވަމުންދާ ދަނޑިވަޅުގައި ކުރިއަތް އޮތް އަހަރަށް ބަޖެޓެއް ކަނޑައެޅުން ކަމަށާއި އެކަމުގައި އާ ސަރުކާރަށް ބޭނުންވާ އެއްބާރުލުން ހޯދުމުގެ ގޮތުން މަޝްވަރާ ކުރެވުނު ކަން އޭނާ ފާހަގަކުރެއްވިއެެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *