Ads by
ޚަބަރު
އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ވިއްސާރަ ކުރާނެ 

އަންނަ ހޯމަ ދުވަހާ ހަމައަށް މެދު ރާއްޖެތެރެއާއި ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

Ads by Eki Online

މެޓް އޮފީހުން މިއަދު ބުނީ މެދު ރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވި ނަމަވެސް އުތުރުގެ ރަށްތަކަށް ކުރިއަށް އޮތް ދެތިން ދުވަހު ވެސް މޫސުން ރަނގަޅު ވާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށާއި ބޯކޮށް ވާރޭވެހޭނެކަމަށެވެ.

މެދު ރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވި ނަމަވެސް އުތުރުގެ ރަށްތަކަށް ކުރިއަށް އޮތް ދެތިން ދުވަހު ވެސް މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 4 ރަށެއް ކަމަށްވާ ޅ. ނައިފަރާއި ށ. ގޮއިދޫގެ އިތުރުން އއ. ފެރިދުއާއި ބ. މާޅޮހުގައި ފެންބޮޑުވުމުގެ ސަބަބުން އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވާކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *