Ads by
ޚަބަރު
ރިޔާސީ އިންތިޚާބު ނާކާމިޔާބުވާން ދިމާވި ސަބަބުތަކަކީ ކޮބައިތޯ އެމްޑީޕީން ބަލަންޖެހޭ: އަމްރު

ރިޔާސީ އިންތިޚާބު ނާކާމިޔާބުވާން ދިމާވި ސަބަބުތަކަކީ ކޮބައިތޯ އެމްޑީޕީން ބަލަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ދަ ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އަމްރު ވިދާޅުވީ އެމްޑީޕީ މިހާރު އޮތީ ވަރަށް ހާލުގައި ކަމަށާއި މިހާރު އެ ޕާޓީން ބަލަންވީ މަޖިލިސް އިންތިހާބުގައި ގޮނޑިއެއް ހޯދާނެ ގޮތަކާ މެދު ކަމަށެވެ.

އަދި ކުޑަ ޕާޓީއަކުން ވާދަކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ބަލިކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެފަދައިން އިންތިޚާބު ބަލިވުމަށް ދިމާވި ސަބަބުތައް ދެނެގަތުމަކީ މިވަގުތު އެމްޑީޕީން އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭނެ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ގޮނޑި އެއް ވެސް ކާމިޔާބު ކުރުން ނާދިރު ކަމަށާއި އެމްޑީޕީ އޮތީ ވަރަށް ހާލުގައި ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *