Ads by
ޚަބަރު
ކުށްވެރިންނަށް ދޫދިނުމާއި، ގޭންގުތައް ބާރުވެރި ކުރުން ފަދަ އެއްވެސް ކަމެއް ނުކުރާނަން: ޑރ. މުޢިއްޒު 

ކުށްވެރިންނަށް ދޫދިނުމާއި، ގޭންގުތައް ބާރުވެރި ކުރުން ފަދަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރެއްގައި ނުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މުޢިއްޒު ވިދާޅުވީ އެންޓި ކެންޕެއިން ކުރުމުގެ ގޮތުން އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެގޮތުން ކުށްކުރުން އިތުރުވެ، މަސްތުވާތަކެތި އެތެރެކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް އިދިކޮޅުން ބުނަމުންދާ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ނިކުމެ ހުރީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި އެއްވެސް ގޭންގަކަށް، ގްރޫޕަކަށް، ނުވަތަ ޖަމިއްޔާއަކަށް ވެސް އެމަނިކުފާނުގެ މައްޗަށް ބާރު ނުފޯރުވޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ވާހަކަތައް ދައްކަނީ ސަޕޯޓަރުންގެ ހިތުގައި ނަފްރަތު އުފައްދަން ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސަރުކާރެެއްގައި އެފަދަ އެއްވެސް ކަމެއް ނުވާނެ ކަމުގެ ޔަގީންކަން މުޢިއްޒު ވަނީ ދެއްވާފައެެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *