Ads by
ޚަބަރު
ތަމްރީން ހެދުމަށް ކަސްޓަމްސްގެ މުވައްޒަފުންތަކެއް އިންޑިއާ އަށް
ފޮޓޯ: ކަސްޓަމްސް

އިންޑިއާގައި ކުރިއަށް ގެންދާ 5 ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަސްޓަމްސްގެ 20 މުވައްޒަފަކު އެ ގައުމަށް ފުރަން ހަމަޖެހިއްޖެއެވެ.

Ads by Eki Online

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މުވައްޒަފުން ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއީ ހަފްތާއަކަށް ދިގުދެމިގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް މުވައްޒަފުން ތަމްރީނުކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) ގައެވެ.

މިއީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކެޕޭސިޓީ ބިލްޑިންގައި އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި 2019 ގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ސީބީއައިސީ އާއި ކަސްޓަމްސްއާ ދެމެދު ސޮއިކުރި ކެޕޭސިޓީ ބިލްޑިން އެމްއޯޔޫގެ ދަށުން ފަހިކޮށްދޭ ފުރުސަތެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނުކުރެވިފައިވެއެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައެވެ. އަދި އައިޓެކް އިން ޕަސަން ޓްރެއިނިން ޕްރޮގްރާމްތަކުގެ ދަށުން ގިނަ އަދަދެއްގެ ކަސްޓަމްސް އޮފިސަރުންނަަށް ފައިދާކުރެއެވެ. މި އެމްއޯޔޫގެ ދަށުން ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ ބިލްޑިންގ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *