Sunday, 29 November 2026
Ads by

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި

ކުރީގެ މަޖިލިސް ރައީސް އަސްލަމް، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު ---

މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ލިބުމުގެ ހައްޤަކީ އެމްޑީޕީ އުފެދުމުގައި ވެސް އެ ޕާޓީން އެންމެ ހަރުއަޑުން ގޮވި އެއް ގޮވެލި ނަމަވެސް، މިއަދު ފެންނަން ހުރި ކުރެހުންތަކުން މަންޒަރު ކޮށްދެނީ މުޅިން އެހެން ތަސްވީރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ad Image
Ads by

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކަންކަން ހިނގާދިޔަ ގޮތާއި ނަތީޖާތަކާ ގުޅޭގޮތުން ޕާޓީގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އަސްލަމް މި މޭރުމުން ވާހަކަދެއްކެވީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބާ ގުޅިގެންނެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ ފަސް ގޮނޑީގެ ތެރެއިން ގޮނޑިއަކަށް އަސްލަމް ވާދަކުރެއްވި ނަމަވެސް، އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. މި އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް އިސްވެ ހުންނަވައިގެން ނެރުއްވި ”ބޮޑު ބަދަލު“ ފެކްޝަންގެ ކެންޑިޑޭޓުން ވަނީ އައްޑޫ ސިޓީއާއި މާލޭގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް، ޤައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.

މި އިންތިޚާބުގައި އަސްލަމްގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ފަދަ ޕާޓީގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އިންތިޚާބުގެ ނަތީޖާތައް އިއުލާން ކުރުމާއެކު، ވޯޓުލުމުގެ އިންތިޒާމުތައް ދޯހަޅިކަމާއި ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތަކުގައި މައްސަލަތައް ހުރިކަމަށް ބުނެ ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި އާންމު މެންބަރުން ގެންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަސްލަމްގެ މި ޕޯސްޓަށް ކޮމެންޓް ކުރެއްވި ބައެއް ފަރާތްތަކުން އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދާފައިވާއިރު، އަނެއް ބަޔަކު ވަނީ ބަލި ޤަބޫލުކޮށް ޕާޓީއާއެކު ކުރިއަށް ދިއުމަށް އަސްލަމަށް ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Aslam with Ibu
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި
thimarafushi
ތިމަރަފުށީގައި ލޯންޗެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި؛ ޒަޚަމްވި މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
IMG_20261129_172731_721
އެތައްބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގީރު ޖަލު ހުކުމް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްލައިފި
IMG_20261129_190310_242
"ޕަރީ" ފިލްމުގައި ޤުރުއާންގެ އާޔަތެއް ކިޔުމުގައި ކުށެއް ހިމެނިފައިވާތީ ސީޒަން މާފަށް އެދި ފިލްމު ނަގައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި