Sunday, 29 November 2026
Ads by

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންގ އަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންގ އަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ފައިނޭންސިންގ ފެސިލިޓީތަކަށް ބޮޑެތި އަދި ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

Ad Image
Ads by

މި ގެނެވުނު ބަދަލުތަކުގެ ތެރޭގައި ގެސްޓްހައުސް ފައިނޭންސިންގގެ ދަށުން، މަޝްރޫޢުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލައަށް ޚަރަދުކުރަން ޖެހޭ ފައިސާ ނުވަތަ އިކުއިޓީ ވަނީ %30 އިން %20 އަށް ދަށްކޮށްފައެވެ. އަދި ފައިނޭންސިންގ އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްދީފައިވާއިރު، މީގެ ތެރޭގައި ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ. މީގެއިތުރުން، ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު %7 ގެ ރޭޓެއް ހަމަޖައްސާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ %9 ގެ ރޭޓެކެވެ.

ސަފާރީ ނުވަތަ ލިވްއެބޯޑް ފައިނޭންސިންގ އަށް ބަލާއިރު، އިކުއިޓީ ވަނީ %30 އިން %25 އަށް ދަށްކޮށްފައެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ ދިގުދަންމާލާފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ %8 ގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ ލިބޭނީ %10 ގެ ރޭޓެކެވެ.

ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، އިކުއިޓީ ބަލާ މިންގަނޑަށް ވެސް ބޭންކުން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން، މަޝްރޫޢަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. މިގޮތަށް ބަލައިގަންނާނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން މަރުހަލާތައް ފުރިހަމަކުރެވޭ އިންވެސްޓްމަންޓްތަކެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށާއި، ބޭންކުގެ އަމާޒަކީ މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރުން ކަމަށެވެ.

”އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އަދި ކަސްޓަމަރުން މިހާރުވެސް ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމުން، މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ. މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ،“ ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމަށް ޚާއްޞަ އިސްކަމެއް ދީގެން އިޤްތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މި ހިނގާ އަހަރުގެ ތެރޭގައި ވެސް ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ބޭންކުން ވަނީ ދޫކޮށްފައެވެ.

ބީއެމްއެލް އިން ބުނީ ރަށު ފެންވަރުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ފެށިގެން ބޮޑެތި ރިސޯޓްތަކާ ހަމައަށް، ދިވެހިންނަށް ފަތުރުވެރިކަމުގެ މަންފާ ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަކީ ބީއެމްއެލްގެ މައިގަނޑު އަމާޒުކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Aslam with Ibu
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި
thimarafushi
ތިމަރަފުށީގައި ލޯންޗެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި؛ ޒަޚަމްވި މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
IMG_20261129_172731_721
އެތައްބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގީރު ޖަލު ހުކުމް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްލައިފި
IMG_20261129_190310_242
"ޕަރީ" ފިލްމުގައި ޤުރުއާންގެ އާޔަތެއް ކިޔުމުގައި ކުށެއް ހިމެނިފައިވާތީ ސީޒަން މާފަށް އެދި ފިލްމު ނަގައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި