Sunday, 29 November 2026
Ads by

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބު: މާލެ ސިޓީގެ އެއްވަނަ އީވާއަށް، ލިބުނު ތާއީދަށް ޝުކުރު އަދާކުރައްވައިފި

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބު: މާލެ ސިޓީގެ އެއްވަނަ އީވާއަށް، ލިބުނު ތާއީދަށް ޝުކުރު އަދާކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހަށް މުޅި މާލެ ސިޓީ ތަމްސީލުކުރާނެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ، އިން އެ ޕާޓީގެ އިސް މެންބަރު އީވާ ޢަބްދުﷲ އެންމެ ގިނަ ވޯޓާއެކު އެއްވަނަ ހޯއްދަވައިފިއެވެ.

Ad Image
Ads by

މި އިންތިޚާބުގައި މާލެ ސިޓީއަށް ޚާއްޞަކޮށްގެން ބެހެއްޓުނު ޖުމްލަ 17 ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ އީވާ ޢަބްދުﷲ އެވެ. އޭނާއަށް 1,934 ވޯޓު ލިބިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ 1,834 ވޯޓާއެކު މާރިޔާ އަޙްމަދު ދީދީ އެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު (1,698 ވޯޓު) ކަށަވަރުކުރެއްވިއިރު، ހަތަރުވަނައިގައި އޮތީ 1,661 ވޯޓު ހޯއްދެވި އިމްތިޔާޒް ފަހުމީ އެވެ.

މާލެވަގުތީ ނަތީޖާ ހިއްސާކުރައްވަމުން އީވާ ވަނީ ވޯޓުދެއްވި އެމްޑީޕީ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މެންބަަރުން ދެއްވި އުންމީދު ލުއިކޮށް ނުނަންގަވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

”މުޅި މާލެ އެމްޑީޕީ މެމްބަރުން ދެއްވި ބޮޑު ތާއީދާއި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ވޯޓުން ތިޔަ ދެއްވީ ބޮޑުބަދަލަކަށް އިތުރު އުންމީދާއި ޔަގީންކަން. ތިޔަ އުއްމީދު އަޅުގަނޑުމެން ލުއިކޮށެއް ނުނަގާނަން. ވަރުގަދަ ބަދަހި އެމްޑީޕީއަކާއެކު 2028!“

މާލެސިޓީގެ ވަގުތީ ނަތީޖާއިން އެންމެ ގިނަ ވޯޓު ލިބުނު 16 ކެންޑިޑޭޓުންނަކީ:

އީވާ ޢަބްދުﷲ – 1,934 ވޯޓު
މާރިޔާ އަޙްމަދު ދީދީ – 1,834 ވޯޓު
ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު – 1,698 ވޯޓު
އިމްތިޔާޒް ފަހުމީ – 1,661 ވޯޓު
ޙަސަން ލަތީފް – 1,545 ވޯޓު
ޢަލީ ޢާޒިމް – 1,523 ވޯޓު
ޒިދްނާ ޢަލީ މަނިކު – 1,503 ވޯޓު
މުޙައްމަދު ޒިޔާދު – 1,397 ވޯޓު
މުޙައްމަދު ރަޝީދު – 1,373 ވޯޓު
ޢާއިޝަތު ހަންނާ – 1,340 ވޯޓު
އިފްހާމް ޙުސައިން – 1,286 ވޯޓު
އަޙްމަދު ޙަލީމް – 1,284 ވޯޓު
މުޙައްމަދު ރިޟްވާން ޢަލީ – 1,261 ވޯޓު
އަޙްމަދު މައިމޫން މުޙައްމަދު – 1,248 ވޯޓު
އިބްރާހީމް މުޢިއްޒު – 1,238 ވޯޓު
އިބްރާހީމް ލަބާން ޝަރީފް – 1,204 ވޯޓު

މިއީ އިންތިޚާބުގެ ވަގުތީ ނަތީޖާ ކަމަށްވުމުން، ޕާޓީގެ ރަސްމީ އިދާރާއިން ޝަކުވާތައް ބަލައި، ރަސްމީ ނަތީޖާ އިޢުލާންކުރާއިރު މި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Aslam with Ibu
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި
thimarafushi
ތިމަރަފުށީގައި ލޯންޗެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި؛ ޒަޚަމްވި މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
IMG_20261129_172731_721
އެތައްބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގީރު ޖަލު ހުކުމް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްލައިފި
IMG_20261129_190310_242
"ޕަރީ" ފިލްމުގައި ޤުރުއާންގެ އާޔަތެއް ކިޔުމުގައި ކުށެއް ހިމެނިފައިވާތީ ސީޒަން މާފަށް އެދި ފިލްމު ނަގައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި