Sunday, 29 November 2026
Ads by

ފަލަސްތީނާއެކު އޮތް އެއްބައިވަންތަކަން ވާންޖެހޭނީ އަމަލީ ސިފައެއް ޖެހިފައިވާ ކަމަކަށް: ރައީސް މުޢިއްޒު

ފަލަސްތީނާއެކު އޮތް އެއްބައިވަންތަކަން ވާންޖެހޭނީ އަމަލީ ސިފައެއް ޖެހިފައިވާ ކަމަކަށް: ރައީސް މުޢިއްޒު

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ބާއްވާ އެއްބައިވަންތަކަމަކީ ހަމައެކަނި ދައްކާލާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، އެއީ އަމަލީ ސިފައެއް ޖެހިފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަކީ އަމާންކަމާއި އިންސާފާއެކު އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ފުރިހަމަ މިނިވަންކަމާއެކު ޝަރަފުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިގެންވާ ބައެއްކަން މުޅި ދުނިޔެ ހަނދާންކުރަންޖެހޭ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާވެރިކަމާއި އިސްތިއުމާރީ އުދުވާނުތައް ވަގުތުން ހުއްޓުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

އެ ގައުމަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ނަގަހައްޓައި ދެމެހެއްޓުމަށްވެސް އެމަނިކުފާނު ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސްކުރެއްވިއެވެ.

ބައިނަލްއަގްވާމީ އެކި މައިދާންތަކުގައާއި އދ. ގެ މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެކަން ކަށަވަރުކޮށްދެއްވަމުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހުލުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އދ. ގެ ރިލީފް އެންޑް ވާރކްސް އެޖެންސީ (އުންރުވާ) އަށް ރާއްޖެއިން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ފަލަސްތީނުގެ އަހުންނާއި އުހުތުން ސުލްހައާއި މިނިވަންކަމުގެ އިތުރުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރަމުންދާ ޖިހާދުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ.

އދ. ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެ، އެ ޖަމާއަތުގެ އެންމެހައި ގުނަންތަކުގައި ހަމަހަމަކަމާއެކު ޝާމިލުވުމުގެ ހައްގު އެ ގައުމަށް ލިބެންޖެހޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން، މުސްތަގިއްލު އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމުގައި ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Aslam with Ibu
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި
thimarafushi
ތިމަރަފުށީގައި ލޯންޗެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި؛ ޒަޚަމްވި މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
IMG_20261129_172731_721
އެތައްބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގީރު ޖަލު ހުކުމް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްލައިފި
IMG_20261129_190310_242
"ޕަރީ" ފިލްމުގައި ޤުރުއާންގެ އާޔަތެއް ކިޔުމުގައި ކުށެއް ހިމެނިފައިވާތީ ސީޒަން މާފަށް އެދި ފިލްމު ނަގައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި