Sunday, 29 November 2026
Ads by

ހޮރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ، ޔަމަނާއި ސަރަޙައްދީ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެއްޖެ

ހޮރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ، ޔަމަނާއި ސަރަޙައްދީ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެއްޖެ

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، ހޮރްމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަޙައްދުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިނެއްގައި ޖެހި، އޭގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިކަން ހާމަކޮށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ހާދިސާ ހިނގި ސަރަޙައްދުން ދަތުރުކުރި ދުޝްމަނުންގެ ޖާސޫސީ ޑްރޯނެއް ވެސް އެ ޤައުމުގެ ސިފައިން ވައްޓާލާފައިވާ ކަމަށެވެ.

Ad Image
Ads by

މި ހާދިސާތައް ހިނގާފައި މިވަނީ ސަރަޙައްދީ ގޮތުން ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދާ ވަގުތެއްގައެވެ. ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ވަރުގަދަ ފަސް ޙަމަލާއެއް ވަނީ ދީފައެވެ. ރައްދުގައި ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުނެފައިވަނީ، ޔަމަނަށާއި ސަޢޫދީއަށް ޙަމަލާދިނުމަށް ޙޫޘީން ބޭނުންކުރަމުންދިޔަ މުހިންމު އަސްކަރީ މަރުކަޒުތަކަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީ، އެ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށެވެ.

މީގެއިތުރުން، ޣައްޒާގެ ހަނގުރާމައާއި ސަރަޙައްދީ ނުތަނަވަސްކަމުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ސިޔާސީ މަސްރަޙަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން، އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާދީ އައިސެންކޮޓް ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު މަޝްވަރާތަކަށް ދަޢުވަތު ދީފައެވެ. މި ދަޢުވަތު ދީފައިވަނީ ދެފަރާތް އެއްބަސްވާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި، ދައުރު ބަހައިގެން ވެރިކަން ކުރުމުގެ އުޞޫލުން ފުރަތަމަ ބޮޑުވަޒީރުކަން އައިސެންކޮޓްއަށް ދިނުމަށް ވަގުތީ ބޮޑުވަޒީރު ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މި ދަނޑިވަޅުގައި ޢިރާޤުގެ މަސްރަޙަށް ބަލާއިރު، ޤަވާޢިދާ ޚިލާފަށް މުދާ އެތެރެކުރުމާއި ވަގުފާރި ހުއްޓުވުމަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިގޮތުން ޢިރާޤު ސަރުކާރުން ކިރްކޫކް ސަރަޙައްދަށް ސިފައިންގެ ދެ ޑިވިޜަން ފޮނުވާފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލަކު އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ކުރިމަތިލުންތަކާއި ސިޔާސީ ނުތަނަވަސްކަން އިތުރުވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ކަނޑުދަތުރުފަތުރާއި ސަރަޙައްދީ ޞުލްޙައަށް މިކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Aslam with Ibu
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި
thimarafushi
ތިމަރަފުށީގައި ލޯންޗެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި؛ ޒަޚަމްވި މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
IMG_20261129_172731_721
އެތައްބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގީރު ޖަލު ހުކުމް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްލައިފި
IMG_20261129_190310_242
"ޕަރީ" ފިލްމުގައި ޤުރުއާންގެ އާޔަތެއް ކިޔުމުގައި ކުށެއް ހިމެނިފައިވާތީ ސީޒަން މާފަށް އެދި ފިލްމު ނަގައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި