މުލިއާގޭގެ ޗީފް އޮފް ސްޓާފް އިޤްބާލް އާދަމާއި ހިލާލީގޭގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދުގެ އިތުރުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ހުސައިން ހަނީފް މަގާމުން ވަކިކުރައްވައިފިއެވެ.
މި ބޭފުޅުން މަގާމުން ވަކިކުރެއްވިކަން މީޑިއާތަކަށް ތިލަވެފައިވީނަމަވެސް، އެ ބޭފުޅުން މަގާމުން ވަކިކުރެއްވި ސަބަބަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބަފައެއް ނުވެއެވެ.
މި ބަދަލުތައް އައިސްފައި މިވަނީ، އިޤްބާލްގެ ކޮއްކޮ އަދި ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޢަލީ ޢާރިފް މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ.
އެހެންނަމަވެސް، ޢަލީ ޢާރިފް މަގާމުން އިސްތިއުފާދެއްވި ސީދާ ސަބަބެއް މިހާތަނަށް ވެސް ޔަގީންވެފައެއް ނުވެއެވެ.
މަގާމުން ވަކިކުރެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާއާ ތިމާގެ ބޭފުޅުން ކަމަށް ފާހަގަކުރެވެއެވެ.
މި ވަކިކުރެއްވުންތަކާ ގުޅިގެން ސަރުކާރުގެ އިސް ފަރާތަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ރަސްމީ ބަޔާނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.













