Sunday, 29 November 2026
Ads by

ހުޅުދޫ އތމ ކޮމިޓީގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ހުޅުދޫ އތމ ކޮމިޓީގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާޠިމަތު ނަބާހާ ---

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާޠިމަތު ނަބާހާއަށް، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފާޠިމަތު ނަބާހާ މި އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

އަދި މި ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓުދެއްވި ޕާޓީގެ އެންމެހައި މެންބަރުންނަށާއި ސަޕޯޓަރުންގެ އިތުރުން، ކެމްޕޭނުގެ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބަކީ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ބައި-އިލެކްޝަނެކެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާދެއްވުމާއި އެކި ސަބަބުތަކާ ހުރެ ގޮނޑިތައް ހުސްވަމުންދާތީ، އެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ރަށްރަށުގައި ބައި-އިލެކްޝަންތައް ބާއްވަމުންނެވެ.

އެގޮތުން ފަހަކަށް އައިސް ބާއްވަމުން އަންނަ ގިނަ ބައި-އިލެކްޝަންތަކުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ ގިނަ އަދަދެއްގެ ކައުންސިލް އަދި އތމ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
sp07628-1536x877
"މޯލްޑިވްސް 2.0" އާ އެކު އެމްޑަބްލިއުއެސްސީގެ އާ އީ-ޕޯޓަލް: އީފާސް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެ!
nabaahathu
ހުޅުދޫ އތމ ކޮމިޓީގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ
big_qyrzgt8Cs0LzIQC2zjBMIUwqo
ރަތަފަންދޫގެ ކަރަންޓު ހިދުމަތް ވަރުގަދަކުރުމަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެ ރަށަށް ފޮނުވައިފި
IMG_3876
ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ޕީއެންސީގެ ކެންޑިޑޭޓު ނަބާހަތު ކާމިޔާބުކުރައްވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި