Ads by
ޚަބަރު
ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަނެއް ނުބާއްވާނެ: އީސީ
ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަންސް ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

އީސީން މިފަދައިން ހާމަކޮށްފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އަންނަ ނޮވެމްބަރު 17 ގައި ނައިބު ރައީސްގެ މަގާމަށް ހުވާ ކުރައްވާނެތީއެވެ. އަދި އެ ހިސާބުން ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވާނެއެވެ.

މިކަމާއި ގުޅޭ ގޮތުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ރޭގައި ކުރެއްވި ޓުވީޓެއްގައި ވަނީ އެ ހާލަތުގައި އަމަލު ކުރަން ގާނޫނުއަސާސީގައި ބުނާ ގޮތް ބަޔާން ކޮށްދީފައެވެ.

ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑި އަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވާ ތާރީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ހަ މަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރާކަށް ނުޖެހެއެވެ.

މިހެންކަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރެއް ހޮވާނީ 2024 ގައި ބާއްވާ މަޖިލިސް އިންތިހާބުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *